Follwo us on: Facebook Follwo us on: Google Plus Follwo us on: Twitter Youtube Flickr Mail to us feed

ސުޕްރީމްކޯޓުގެ މެންޑާމަސްއަކީ ހައްޤަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް

ކަށިން ވަރުނެރުއްވައިގެން  ބޯޑަރ ކޮންޓްރޯލު ބީއޯޓީ ޕްރޮޖެކްޓް ގާއިމު ކުރިއަ ނުދެއްވަން ހިއްޕަވާ އޭސީސީގެ ޓީމު

އަދްލު އިންސާފު ޤާއިމްކުރުމުގެ އެންމެ މަތީ ބާރުކަމުގައިވާ ސުޕްރީމްކޯޓުގެ ފަރާތުން، ޖޫން 25 ވަނަ ދުވަހު ނެރެފައިވާ މެންޑާމަސްއަކީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާމެދު ހިތު ތެރޭގައި އުފެދިފައިވާ ޝައްކާއި ވަހުމްތަކަށް ލިބުނު ޔަޤީންކަމެކެވެ. ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކައަކީ ވަކި ޕާޓީއަކުން ނުވަތަ ވަކި ޖަމާއަތަކުން ދައްކާ ވާހަކަތަކެއްނޫނެވެ. އެވާހަކަތަކަކީ އަޑުހަރުކޮށް ނުދެއްކިކަމުގައި ވިޔަސް، އެތައް ބައެއްގެ ހިތުގައި ނުތަނަވަސްކަމާއި މާޔޫސްކަން އުފެދިފައިވާ ޤައުމީ ބޮޑު މައްސަލައެކެވެ.

ރައީސް ޑރ.ވަހީދުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެގެން ދިޔަ މައްސަލައަކީ ޑރ. ވަހީދު ސަރުކާރުގައި ހިމެނޭ ކޯލިންޝަން ޕާޓުނަރުން އަޑިގައިތިބެގެން ކުރިމަތިކުރުވި އިމިގްރޭޝަން ގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމްކުރުމުގެ މައްސަލަކަމުގައި ދެންނެވިދާނެއެވެ. މިމައްސަލައަށް މިވަރުގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މިމައްސަލާގެ ތުޙުމަތުގެ އިނގިލި ދިއްކުރެވުނު ފަރާތަކީ ޑރ.ވަހީދުގެ އަނބިކަނބަލުން ގެ ކޮއްކޮ އައްޝައިޚް އިލިޔާސް ހުސެއިން އިބްރާހިމް ކަމަށްވީތީއެވެ.

މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އިއުލާނު ކުރެވި އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލައި ޓެންޑަރ އަދި އެވެލުއޭޝަން ސީދާ ފައިނޭންސް މިނިސްޓްރީންކޮށް އަދި އެމިނިސްޓްރީން އެވާޑްކުރި މި މުޙިއްމު މަޝްރޫއު ކުރިއަށް ގެންދިޔުމުގައި އެންމެ ފުރަތަމަ އިލިޔާސްއަށް ފިއްތުންތައް ކުރިމަތިވީ އެ ސަރުކާރުންނެވެ. އެންމެފަހުން އެސަރުކާރުން އިލިޔާސް އެހެން މުއައްސަސާއަކަށް ބަދަލުކޮށް، މަޝްރޫއުގެ ކަންތައްތައް ބަދަލުކޮށްލުމަށް ހީލަތްތެރި މަސައްކަތްތަކެއް އޭރުވެސް އެބޭފުޅުންކޮޅު އަޑީ ތިއްބަވައިގެން ހިންގިއެވެ.

ޤައުމީ ބޮޑު މަޝްރޫއުއެއް ހީލަތްތެރިކަމާއެކު ބަދަލުކޮށްލުމަށް ނަޝީދުގެ ސަރުކާރުގެ އިސް ބަޔަކާއިވެސް ގުޅިގެން ހިންގި އަމަލު، އޭގެ ކާމިޔާބީއަށް ވާޞިލުވުމުގެ ކުރީން، ސަރުކާރު ބަދަލުވެ، ޑރ.ވަހީދު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިސްވިއެވެ.

ޑރ.ވަހީދުގެ ސަރުކާރުގެ ތެރެއިންވެސް މި މަޝްރޫއުއަށް ފިއްތުންތައް ކުރިމަތިކޮށް، ހުރަސްތައް އަޅާނެ ބަޔަކު ފާޅުވެ، އެފަރާތްތަކުގެ މަސައްކަތްތައް ފަށައިގަތެވެ. ނަޝީދުގެ ސަރުކާރާއި ޚިލާފަށް، މިފަހަރު މި މަޝްރޫއުއަށް ހުރަސްއެޅުމުގައި ޝާމިލްކުރީ ޤާނޫނު ތަންފީޒުކުރުމުގެ ބާރާއި އަދްލު އިންސާފު ޤާއިމް ކުރުމުގެ ބާރެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން ފުލުހުންގެ މުއައްސަސާ ބޭނުންކޮށް ކޯޓު އަމުރެއް ހޯދައިގެން، އިމިގްރޭޝަން ޑިޕާޓްމަންޓް ގެ މުވައްޒަފުންނަށް ނަފްސާނީ ގޮތުން ބިރުދައްކާ އަދި މީޑިޔާގެ ޒަރިއްޔާއިން މުޅި ޤައުމަށް އެފަރާތްތައް ފަޟީހަތްކޮށްލުމަށް ހިންގި ނާތަހުޒީބު އަމަލަކީ މިފަދަ ޑިމޮކްރެޓިކް ވެރިކަމެއްގެ ތެރެއިން ހުވަފެނުންވެސް ދެކެފައިނެތް ފަދަ ދަށު ދަރަޖައިގެ އަމަލެކެވެ.

މިހުރިހާ ހަރުފަތްތަކެއްގައިވެސް ނުހަނު ޘާބިތުކަމާއެކު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާހަމައަށްވެސް ޝެއިޚް އިލިޔާސް ހުންނެވިއެވެ. މި މުޅި މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ހާމަކަންބޮޑު ގޮތާއި އަދި މި މަޝްރޫއުގައި ފަސާދައިގެ ޒައްރެއްގެ މިންވަރުވެސް ނޯންނާނެކަމުގެ ފުރިހަމަ ޔަޤީންކަމުގައި އެބޭފުޅާ ޘާބިތުވެ ހުންނެވިއެވެ.

ހަފަރާތުން އުޑުމަތި ބަނަކުރަމުން ގެންގޮސް، އެންމެ ފަހުން އިމިގްރޭޝަން ޑިޕާޓްމަންޓުން އެހެން ވުޒާރާއަކަށް ޝެއިޚް އިލިޔާސް ބަދަލު ކުރެއްވިއިރުވެސް، އެބޭފުޅާ ހުންނެވީ މި ބޮޑު ޤައުމީ މަޝްރޫއުގައި ޘާބިތުވެވަޑައިގެންނެވެ. ސަރުކާރާއި އެއްކޮޅު އަދި ސަރުކާރާއި ދެކޮޅު މިޑިޔާގައި ޝެއިޚް އިލިޔާސް އާއި އަދި މި މަޝްރޫއުއާ އެއްވެސް ގުޅުމެއް ނެތް އެތައް ބަޔަކު ކަތިލަމުން ގެންދިޔައިރު، ފަރުދާގެ ފުރަގަހުގައި މި މުޅި އެޕިސޯޑު ރާވަމުން ގެންދިޔަ ޑައިރެކްޓަރުންގެ ޓީމެއް ދިޔައީ ހަރަކާތްތެރިވަމުންނެވެ.

އެހެނަސް މަކަރުވެރިން ސިއްރުން ރާވާ ރޭވުންތައް އެންމެ މޮޅަށް އައްސަވާ ބައްލަވާ ވޮޑިގެންވާ ކަލަކު ވާކަމެއް އެބައިމީހުން ނުދަތެވެ. އަބުރުވެރި ބައެއްގެ އަބުރު ނަގާ ވެއްޔާމޮޑެލުމަށް އެބަޔަކު ތިބީ ކެތްމަދުވެ، އަތުކުރި އޮޅާލާފައެވެ.

ޤާނޫނީ އިލްމުން ކިތަންމެ މައްޗަށް ކިޔަވައިގެން ތިބި ބަޔަކު ވިޔަސް، ޤާނޫނާއި ޚިލާފު އަމަލެއް ހިންގުމުން އެކަން ދެކޭނެ ބަޔަކުވެސް ތިބޭނެއެވެ.

އާދެ، ސުޕްރީމް ކޯޓުން ޖޫން 25 ވަނަ ދުވަހު ނެރުނު މެންޑާމަސްއަކީ މިދެންނެވި ވާހަކަތަކުގެ ފުރިހަމަ ދަލީލެކެވެ.

ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމްކުރުމުގެ މައްސަލާގައި ޝަރުއީކޯޓު މަރުހަލާތަކަށް ‘ނުފޫޒު ގަދަ ބަޔަކު’ ބާރު ފޯރުވައިގެން، ޝެއިޚް އިލިޔާސް އާއި އެތައް ބައެއްގެ އަބުރު ކަތިލުމަށް ހިންގި މިބޮޑު ޖަރީމާ މިވަނީ މާތްﷲ ގެ ހެޔޮ ރަޙުމަތްފުޅުން ފަޅާއަރާފައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ޚިލާފަށް، ހައިކޯޓުގެ ބެންޗަށް ބަދަލު ގެނެސް، ޝަރުއީ އެއްވެސް އުޞޫލެއްގެ މައްޗަށް ބިނާވުމެއްނެތް ގޮތެއްގައި އެ ބެންޗުން އިމިގްރޭޝަން ގެ މައްޗަށް ނެރެފައިވާ އަމުރު މިވަނީ ބާތިލްވެގެން ގޮސްފައެވެ. މި އަމުރަކީ މީގެ ކުރީން ދަށުކޯޓުން ނެރެފައިވާ އަމުރު ބާތިލްކުރުމަށް އެބަޔަކު ކުޅަ މަސައްކަތުގައި، ކާމިޔާބީ ނުލިބޭނެކަމަށް ހީކުރެވުމުން، ހައިކޯޓުގެ ބެންޗަށް ބަދަލު ގެނެސްގެން، ދަށުކޯޓުގެ އަމުރާ ދިމާ އިދިކޮޅަށް ނެރެފައިވާ އަމުރެކެވެ. އިލްޔާސް ވިދާޅުވާ ގޮތުގައި މިޖަރީމާ ހިންގުމުގެ މުގުލުގައި ހުންނެވީ އޭސީސީގެ ގާނޫނީ ލޯޔަރު އަދި  މިހާރު އެޓޯނީ ޖެނެރަލް އާޒިމާ ޝުކޫރުއާއި މިހާރުގެ ހޯމް މިނިސްޓަރު ޖަމީލުއެވެ.

ހަމަ ޔަޤީނުންވެސް ސުޕްރީމްކޯޓުގެ މެންޑާމަސް އިން އެނގޭ ގޮތުގައި ޤައުމުގެ އަދްލު އިންސާފު ޤާއިމްކުރުމުގެ 2 ވަނަ ބާރުކަމުގައިވާ ހައިކޯޓުން މިވަނީ ޤާނޫނާއި ޚިލާފް އަމަލެއް ހިންގާފައެވެ. މިއީ އެއްވެސް ޙާލެއްގައި އާދައިގެ ކުޑަކުޑަކަމެއްނޫނެވެ.

ހައިކޯޓުން އިއްޒަތްތެރި ފަނޑިޔާރުންގެ ބަޔަކު އަމިއްލައަށް ޤާނޫނާއި ޚިލާފްވެފައިވާކަން ކިތަންމެހާ ރަނގަޅަކަށްވެސް ދޭހަވެގެން ހިނގައްޖެއެވެ. އެކަމަކު މިކަމުގައި ފޮރުވިފައިވާ އެންމެ ބޮޑު އެއް ސިއްރަކީ، އެ އިއްޒަތްތެރި ފަނޑިޔާރުންނަށް ޤާނޫނާއި ޚިލާފަށް އަމަލުކުޅައުމަށް އެންގީ ނުވަތަ މަޖުބޫރުކުރުވީ ކޮންފަރާތެއްކަމެވެ. ހަމަ ޔަޤީނުންވެސް އެބަޔަކު ހޯދާ އެބަޔަކާމެދު އިންސާފުވެރިކަމާއެކު ފައިސަލާ ކުރުމަކީ، ޤައުމުގެ އަދްލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ހޯދާ ލިބިގަތުމަށް އޮތް ވަރަށް ބޭނުންތެރި މުހިއްމުކަމެކެވެ. އެހެނީ އަދްލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ މައްޗަށް ނުފޫޒު ފޯރުވާ އަދި ކޯޓުތަކުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކިލަނބުކޮށްލުމަށް މަސައްކަތްކުރުމަކީ ގޭންގު ހަދައިގެން ނިކުމެ މީހުން މެރުމަށްވުރެވެސް ނުރައްކާތެރި ޖަރީމާއެއްކަން ޔަޤީން ކަށަވަރެވެ.

ކޮންމެއަކަސް ސުޕްރީމްކޯޓުގެ މެންޑާމަސްއާއެކު ހައިކޯޓުން މިމައްސަލަ އިންސާފުވެރިކަމާއެކު ތަހުޤީޤްކޮށް، އިންސާފުވެރި ފައިސަލާއެއް އިއްވާނެ ދުވަހަކަށް އެތައް ބަޔަކު ގެންދަނީ އިންތިޒާރުކުރަމުންނެވެ.

ސުޕްރީމްކޯޓުގެ މެންޑާމަސް

http://www.supremecourt.gov.mv/media/documents/533.pdf

  1. އޭސީސީގެ ލޯފާމަކީ މިހާރުގެ އޭޖީ އާޒިމާގެ ލޯ ފާމެވެ. ނަޝީދު ސަރުކާރުން ކަޓްނަގައި ކުރިކަމެކޭ ކިޔައިގެން އާޒިމާގެ ލަފަޔާއެކު އޭސީސީ އިން މިޕްރޮޖެކްޓް ހުއްޓުވުމަށް ނުކުރާކަމެއްނެތެވެ. އޭގެ ތެރޭގައި ޗާޓުން ބޭރުންވެސްމެއެވެ. ދެން މިދިމާވިގޮތަކީ ކޮޅުބަދަލުވި ބޮނޑީގައި އާޒިމާއަށް ރައީސް ވަހީދު ބަންޑާރަ ނައިބުކަން ދިނީއެވެ. ހަމަ މަގާމު ލިބުނުތަނާ ދަށުކޯޓުން އޭސީސީ އަކަށް މިފަދަ ބޭރުގެ އިންވެސްޓްމަންޓްތައް ހުށްޓުވުމުގެ ބާރުލިބިގެންނުވާކަމަށް ޙުކުމްކޮށްފައިވަނިކޮށް އާޒިމާގެ އެޑްވައިޒްމަތިން ކުރި ކަމަކަށްވާތީ އެކަމަނާ ލަދުވެތިވެފައިވަނިކޮށް ހައިކޯޓަށް ހުށަހެޅުނީއެވެ. ދެންވެސް އާޒިމާ އޭސީސީ އޮފީހަށް އަމިއްލަފުޅަށް ވަޑައިގެން ހެދިދާނެ ގޮތްތަކާ މަޝްވަރާކުރުމަށްފަހު ނިންމެވީ ހަމަ ހިލާއެހެނެއްނުވާނޭ ބުނެ ކޭސް ކޮންމެގޮތަކުންވެސް ކާމިޔާބު ކުރަށްވާށެވެ. އެހިސާބުން ދައުލަތުގެ ބަންޑާރަ ނައިބަކަށްހުރެމެ އިމިގްރޭޝަން ދިފާއުކޮށްނުދެވޭނެކަމަށް އިލްޔާސްކައިރީ ސީދާ ވިދާޅުވެ ހޯމިނިސްޓަރު ޖަމީލަކީ އެކަމަނާގެ ހުށިޔާރުކަމުން ކުރީގެރައީސް ނަޝީދުގެ “ބަލާ” އިން ސަލާމަތް ކޮށްދީފައިވާ ބޭފުޅަކަށްވާތީ އެކަކު އަނެކާގެ އިންޓަރެސްޓް ސަލާމަތްކޮށްދެއްވުމަށް ބައިޢަތު ހިއްޕަވައި އެޕިސޯޑް ރޭއްވެވީކަމުގައި ޚަބަރު ބުނެތެވެ. އެހިސާބުން އިލްޔާސް އަށް އެއްވެސް މައުލޫމާތެއް ޝެއަރކުރުމެއްނެތި މިދެބޭފުޅުން ބޭނުންފުޅުގޮތަކަށް ފުށްގަޑު މޮޑުނީއެވެ. ދެން ކުރިންވެސް އާޒިމާ ހައްދަވާހެން ކޯޓްތަކުގައި ތިބޭ ގާޒީންނާއި ޖަޖުންނާއި ގުޅައިގެން ކޭސް ކޮންމެގޮތަކުންވެސް ކާމިޔާބުކުރައްވާ އުސޫލުން މިފަހަރުވެސް ވަގުތީ އަމުރު އޭސީސީ އަށް ހޯއްދަވައި ދެއްވީއެވެ. މިހެންވާނެކަމެއް ހުވަފެނަކުންވެސް އާޒިމާ އާއި ޖަމީލު ނުދެނަހުއްޓެވެ. ރައީސް ނަޝީދުގެބޮލުގައި އަޅުވަން އުޅުނު ކަރަޕްޝަން އެތިފަހަރު މިހާރު ދެން ކެބިނެޓްގައި ތިބެމެ ރައީސް ވަޙީދުގެ ބޮލުގައި އެޅުވުމަށް ރޭވިރޭވުން ފަނުފުލުން ދިޔައީއެވެ. އިލްޔާސް އިމިގްރޭޝަނުން ބޭރުކުރުމަށް އާޒިމާ އާއި ޖަމީލު އަދި އެބޭފުޅުންގެ ބައިވެރީން ކުރި މަސައްކަތް ނާކާމިޔާވީއެވެ. ސްޕްރީމް ކޯޓުން އެވަގުތީ ހުކުމް ބާތިލުކުރިޔަސް ބޯޑަރކޮންޓްރޯލުގެ މި ޕްރޮޖެކްޓް ކުރިއަށް ހަމަހިލާ ގެންދިޔަކަ ( ހޯމްމިނިސްޓަރު ޖަމީލާ އޭޖީ އާޒިމާ އެބޭފުޅުންގެ ބައިވެރިންގެން) ނުދޭނެއެވެ. ޑރ. މުހައްމަދު އަލީ އަށް ޖަމީލު އަންގަވާފައިވަނީ ތިމަންން ބުނާގޮތެއްނޫންގޮތެއް ނުހެދޭނެކަމަށެވެ. 3އޭ މުދާބެހިހެން މިކަމެއް ނުނިމޭކަމަށް ފެނެއެވެ.

  2. 3އޭގެ މުދާބެހިގޮތް އެނގެން ބޭނުމެވެ. ތިބޭފުޅާއަށް އެކަން ހިގިގޮތް އެގެންޏާ ވިދާޅުވެދެއްވާށެވެ. އަޅުގަނޑަށްވެސް އެނގޭ އޭރު ޑރ. ޖަމީލަކީ މައުމޫނުގެ ޖަސްޓަިސް މިނިސްޓަރުކަން. ރާއްޖެތެރެއިން އެކަންނިމަން މެޖިސްޓްރޭޓެއްގެނައިވާހަކަވެސް ދައްކާ. މާރަނގަޅަކަށް ނޭގެ. 3އޭ ހަމަޒާމެން އަލީ ޝިޔާމުމެން އެވާހަކަ ދައްކާކަށް ބޭނުމެއްނުވޭ.

  3. ޝައިޚް އިލްޔާސް ފެށްޓެވި ބޯޑަރކޮންޓްރޯލް ޕްރޮޖެކްޓަކީ ރައްޔިތުން ބަލައިނުގަތް ދިގު ތިރީސްއަހަރުގެ ވަރައްގިނަ ބައެއްގެ “ސޯޓު ބޭލޭ ޕްރޮޖެކްޓް” އަކަށްވީމާ މިކަން ކޮންމެ ގޮތަކުން ވެސް ހުއްޓުވަންޖެހޭ ބަޔަކު ކަންކަމަށް ނުފޫޒު ފޯރުވަން އެބަތިބި، ޝައިޚް ތިޔަފަށްޓަވައިދެއްވި ޕްރޮޖެކްޓް ކުރިޔައްގޮސް މިޕްރޮޖެލްޓް ގެ ސަބަބުން ދިވެހިރާއްޖޭގައި ޙައްދެއް، ކޮންޓްރޯލެއްނެތި އިތުރުވަމުންދާ ބޭރުމީހުންގެ މައްސަލަ ތަކައް ދާއިމީ ޙައްލު ލިބި އެއްކަލަމީހުންގެ ސޯޓު ބޭލޭދުވަސް އޮތީ ވަރައްކައިރީގައި، ﷲ ޝައިޚް އަށް ހެޔޮދަރުމަ އަބަދައްމެ މިންވަރު ކުރައްވާށި! އާމީން

  4. ޝައިޙު އިލްޔާސްގެ މިންނެތް މަސައްކަތުގެ އަގު ވައްޓާލަން އުޅޭ، ދިގު 30 އަހަރުގެ ބޮޑުންގެ ތެރެއިން އަޑިއަޑިން ނުފޫޒުފޯރުވާ “އެންމެ ބޮޑެތި” ބޮޑުންގެ ފަތިފުށް އެންގޭ މީހުންގެ އަތުން 30 އަހަރުގެ ބޮޑެތި ކޮރަޕްޝަންގެ މައުލޫމާތު ހޯދާ ހާމަކޮށް އެޓޭކް ޖައްސަންވީ

  5. ޑރ.ޖމީލް ، އާޒިމާ ޝުކޫރު ބޯޑަރ ކޮންޓްރޯލްގެ ހުރިހާ ކަމެއް ޚަރާބު ކުރަނީ މިހާރު ވެސް ކުރިން ވެސް. މި ޤައުމުގައި ޢަދުލު އިންސާފެއް ނުހިންގޭނެ މި ވެރިންގެ އަތްދަށުން ޤައުމު ސަލާމަތް ވެގެން ނޫނީ. އާޒިމާ ޝުކޫރުއާއި ގުޅިފައި މިހުރީ ޔާމީން އަދި ނިޔަދުރު ނާޒިމް. ދެން ވާނެ ގޮތް ރައްޔިތުން ފިކުރުކޮށްލަބަލަ. ބޯޑަރ ކޮންޓްރޯލް ގެ ދަހިވެތި ކަމުގައި 3 އަހަރު ގެ ވެރި ކަމެއް ނިމިގެން އެ ދިޔައީ. ބޯޑަރ ކޮންޓްރޯލްގެ ދެވަނަ ވެރިކަމުގެ 4 މަސް ދުވަސް ނިމިގެން ދިޔައިރު ވެސް މެދެއް ކޮޅެއް ނުފެނޭ. އޭ.ސީ.ސީ ކޮންޓްރޯލް ކުރާ ލޯފާރމް ގެ ލީޑަރ އާޒިމާ ޝުކޫރު އެޓާރނީ ޖެނެރަލްކަމުގައި ހުރީމާ ދެންވާނެ ގޮތް ޑރ.ވާހީދު އަށާ ޑރ.ވާހީދުގެ ޕޮލިޓިކަލް އެޑްވައިޒަރުން ނަކަށް ނޭގޭތަ؟ ނަޒާކީ ޒަކީ މެންނަކީ ޤައުމަށް ވަފާތެރި ބައެއް ކަން ރާއްޖޭ ގެ 360 ހާސްމީހުގެ ތެރެއިން 90% ހެކިވާނެ. ދިގު 30 އަހަރު ދުވަހު އެޓާރނީ ޖެނެރަލް ކަން ކޮށްފައި ތިބި މީހުނާއި ޖަސްޓިސް މިނިސްޓަރ ކަން ކޮށްފައި ތިބި މީހުނަށް ނަޒާކީ ޒަކީ މެން އޮޅި ދާނެއެވެ. އެ އީ ޖަލުން ދޫކޮށްި ދިވަހު ދިގު 30 އަހަރު ދެމެހެއްޓުމަށް އެދި ކުރި އާދޭހަށް ނަޒާކީ ޒަކީ ދެއްވީ ބީރު ކަންފަތެކެވެ. އެކަން އޭރު ގެ އެޓާރނީ ޖެނެރަލް އަށް އަދި ޖަސްޓިސް މިނިސްޓަރަށް އެގޭނެއެވެ. ތިމާ މެނަށް ވާނުވާ ނޭގި ބޮޑު އަގަތެޅު ވިއަކަސް ޤައުމު ދެކެލޯބިވާ މަދު ބަޔަކު ޤައުމުގައި އެބަތިއްބެވެ. ޑރ.ވަހީދު އަތް އަބުރާލައިގެން ނޫނީ ޤައުމު އަމާން ބަދަރަކަށް ނުގެނެވޭނެއެވެ. ގޯސް ހަދާ މީހުން ބެލެކް ލިސްޓް ކޮށް ބޭރު ކުރޭ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!

ތިޔަބޭފުޅާގެ ނަން ޖައްސަވާ!

މުހިންމު!

ރަނގަޅު އީމެއިލް އެޑްރެސް އެއް ޖައްސަވާ!

އިތުރު އެހެން ފަރާތަކާ ހިއްސާއެއް ނުކުރެވޭނެ!

ޚިޔާލު ފާޅުކުރައްވާ!

Sandhaanu Online © 2013 All Rights Reserved

P.O Box 20315 , M. Banaares, Izzudheen Magu, Male\\\' | Tel: (960) 3343655 | Fax: (960) 3006747 | Email: editor@sandhaanu.com

Designed by Shafyu Ihsan

Powered by Sandhaanu Team