Follwo us on: Facebook Follwo us on: Google Plus Follwo us on: Twitter Youtube Flickr Mail to us feed

އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް “ދަ ކިންގްސް ސްޕީޗް”

ކިންގް ސްޕީޗްގެ ފޯސްޓަރ

މުނިފޫހިފިލުވުމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު “ދަ ކިންގްސް ސްޕީޗް” އަށް ލިބިއްޖެއެވެ.

ސޯޝަލް ނެޓްވޯކްގެ އިތުރުން އިންސެޕްޝަން، ދަ ފައިޓަރ، އަދި ބްލެކް ސްވޯން ފަދަ މޮޅު ފިލްމު ތަކާއި ވާދަކޮށް ދަ ކިންގްސް ސްޕީޗް ހޮވިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ހަފްލާއެއްގައެވެ. 83 ވަނަ އެކަޑެމީ އެވޯޑްސް ގެ އެންމެ މޮޅު ފިލްމަކަށް ޓޮމް ހޫޕާ ޑައިރެކްޓްކޮށްފައިވާ ދަ ކިންގްސް ސްޕީޗްއަކީ އިގިރޭސިވިލާތުގެ ރަސްކަމުގައި ހުންނެވި އެޑްވާޑް8 އޭނާގެ ރަސްކަން ދޫކޮށްލުމުން ކޮއްކޮ ޖޯޖް6 (ކްއީން އެލިޒަބަތު 2 ގެ ބައްޕަ) ރަސްކަމާ ހަވާލުވެ، ދިމާވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާ ހަދާފައިވާ ފިލްމެކެވެ. މިފިލްމު ޑައިރެކްޓްކުރި ޓޮމްހޫޕާ އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އިރު ފިލްމުގެ ލީޑްރޯލްގައި ޖޯޖްގެ ބައި ކުޅުނު ކޮލިން ފާރތު ވަނީ އެންމެ މޮޅު ލީޑިންއެކްޓަރގެ މަގާމް ހޯދާފައެވެ. މީގެ އިތުރުން އެންމެ މޮޅު އޮރިގިނަލް ސްކްރީން ޕްލޭވެސް ލިބުނީ މިފިލްމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!

ތިޔަބޭފުޅާގެ ނަން ޖައްސަވާ!

މުހިންމު!

ރަނގަޅު އީމެއިލް އެޑްރެސް އެއް ޖައްސަވާ!

އިތުރު އެހެން ފަރާތަކާ ހިއްސާއެއް ނުކުރެވޭނެ!

ޚިޔާލު ފާޅުކުރައްވާ!

Sandhaanu Online © 2013 All Rights Reserved

P.O Box 20315 , M. Banaares, Izzudheen Magu, Male\\\' | Tel: (960) 3343655 | Fax: (960) 3006747 | Email: editor@sandhaanu.com

Designed by Shafyu Ihsan

Powered by Sandhaanu Team