އާނޯލްޑް އަނެއްކާވެސް ފިލްމީ ދުނިޔެއަށް އަންނަ އުޅޭކަމުގެ ޔަގީންކަން ވަނީ މީޑިއާ މެދުވެރިކޮށް ދީފައެވެ.
ފިލްމީ ދާއިރާއާއި ދުރަށް ޖެހި ސިޔާސީ ދާއިރާއަށް ވަނުމާއި އެކު ގިނަ ބަޔަކު ނިންމައިގެން ތިބީ އެއީ އާނޯލްޑްގެ ފިލްމީ ހަޔާތުގެ ނިމުން ކަމަށެވެ. އެހެނަސް 2003 ވަނަ އަހަރު ކެލިފޯނިއާގެ ގަވަރުނަރުކަމަށް ހޮވި އެމަގާމުގެ މުއްދަތު ހަމަވުމަށްފަހު އާނޯލްޑް ވަނީ ފިލްމީ ދާއިރާއަށް އެނބުރި އައުމަށް ނިންމާފައެވެ. އެގޮތުން ބޮޑު ސްކްރީންގެ ފިލްމުތަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓްތަކުން ބުނެއެވެ.މިހާރުވެސް އެތައް ފިލްމެއް ލިބިފައިވާ އާނޯލްޑް ބުނާގޮތުން ‘ޓާމިނޭޓާރ 5′ ގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތްކަމަށެވެ.



















