ލިންޑްސޭ ލޯއަން 120 ދުވަހަށް ޖަލަށްލާން ކޯޓުން ހުކުމް ކޮށްފިއެވެ.
އިއްޔެ ލޮސް އެންޖަލިސްގެ ސުޕީރިއާ ކޯޓުން ހުކުމް ކޮށްފައިވަނީ ކަފާލާތުގެ އެއްބަސްވުމާއި ޚިލާފުވުމާއި ގުޅިގެންނެވެ. ލިންޑްސޭ ލޯހަން 120 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު ޖަލުގައި އުޅޭއިރު މޯޗަރީގައި މަސައްކަތް ކުރަންޖެހޭނެކަމަށް ހުކުމްގައިވެއެވެ. ހޮލީވުޑްގެ މަޝްހޫރު ފިލްމީ ބަތަލާޖަލު ބަންދަށް ހުކުމް ކޮށްފައިމިވަނީ މަސްތުވާ ތަކެއްޗާއި ވައްކަމުގެ މައްސަލާގައިކަމަށް ހަބަރުތަކުން ބުނެއެވެ.
ލިންޑްސޭ ލޯހަން އަކީ މީގެ ކުރިންވެސް 3 ފަހަރެއްގެ މަތިން ޖަލަށް ލާފައިވާ ބަތަލާއެކެވެ.


















