Follwo us on: Facebook Follwo us on: Google Plus Follwo us on: Twitter Youtube Flickr Mail to us feed

ބައެއް ފިލްމުތަކުގެ ސަބަބުން މުޖުތަމައަށް ނުރަނގަޅު މެސެޖުތަކެއް

ލިޔުނީ: އަލީ އަހްސަން

ދިވެހިފިލްމުތައް އުފައްދާ ފަރާތްތަކުން އަބަދުވެސް ބުނަމުންދަނީ އެމީހުންގެ އެމަސައްކަތަކީ މުޖުތަމައުއަށް ކޮށްދޭ ވަރަށް މުހިންމު މަސައްކަތެއް ކަމެވެ. އެހެނަސް މަންޒަރު ސިފަވަނީ މިއާއި އިދކޮޅަށެވެ. އިޖްތިމާއީ ހަމަނުޖެހުމާއި ލޯބީގެ ‘ހަނގުރާމަ’އަކުން ކޮންމެ ފިލްމެއް ނިމިގެންދަނީ ކޮންމެވެސް މީހަކު އަމިއްލައަށް މަރުވެގެން ނުވަތަ ލޯބީގައި މޮޔަވެގެންނެވެ.

މަތީގައިވާ ފޮޓޯއަކީ ދިވެހި ކުރުފިލްމެއްގެ މަންޒަރެކެވެ. މުހައްމާގެ ‘ލޯބީގެ ނިންޖާ’ ގެ މަންޒަރެއްގައި ދަންޖެހޭކަމަށް ހެދިގެން ‘މަޖާވެގެން’ އުޅޭތަނެވެ. ލޯބީގައި ދަންޖެހި މަރުވާންއުޅޭ މަންޒަރެކެވެ. ހިތާމައަކީ ވަރުގަދަ ‘އެޑިޓޯރިއަލް ކޮންޓެންޓް’އެއް އޮންނަ ޓީވީއެމްއިންވެސް މިފަދަ ނޭދެވޭ މެސެޖްތައްދޭ މަންޒަރުތައް ދައްކާކަމެވެ. އަދި ‘ސެންސަރުބޯޑުން’ މިކުރު ފިލްމު ފާސްވެގެން ދިޔަގޮތާއި މެދުވެސް ސުވާލު އުފެދެއެވެ. ކޮންމެ ގޮތެއްވިޔަސް މިއީ މައްސަލައެކެވެ. މިފަދަ ފިލްމުތައް ބަލާނީ ހަމައެކަނި ބޮޑެތި މީހުންނެއް ނޫނެވެ. ‘ކޮމެޑީ’ ފިލްމެއް ވުމުން ކުޑަކުދިންވެސް މިފަދަ ފިލްމުތައް ބަލާނެއެވެ. +18 ޖަހާފައި ހުއްޓަސް ކުޑަކުދިންވެސް މިފަދަ ފިލްމުތައް ބެލުމުގައި ހުންނަނީ ވަރަށް ފޯރިހިފާފައެވެ.

ދާދިފަހުން ނުކުތް ދިވެހި ފިލްމެއްގައި މަޝްހޫރު ފިލްމީތަރި ‘އާރިފާ’ގެ ވަރަށް ނޭދެވޭ ހަރަކާތްތަކެއް ފެނިގެންދިއައެވެ. ފަހަކަށްއައިސް ނުކުންނަ ދިވެހި ފިލްމުތަކުގައާއި ޑްރާމާ އަދި ލަވަތަކުގައި ވަރަށް ނޭދެވޭ ‘މެސެޖް’ތަކެއް މުޖުތަމައަށް ދޫކޮށްފައިހުރެއެވެ. ދަންޖެހުމާއި ބޭސްކައިގެން މަރުވުމާއި އުސްތަންތަނުން ފުންމާލުމާއި މީހުން މެރުމާއި ޖިންސީ އަނިޔާތަކާއި ފިތުނަ އުފެއްދުމުގެ ތަފާތު ‘އައިޑިއާ’ އޯޑިއަންސަށް ދީފައި ހުންނަނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައެވެ.

‘ތަފާތު’ ގޮތަކަށް އަބަދުވެސް އުފައްދާކަމަށް ބުނާ ދިވެހި ފިލްމުތަކުގައި މުޅިންވެސް ފެނިގެންދަނީ ‘އާއިލީ ހަމަނުޖެހުމުގެ’ ކަންތައްގަނޑެކެވެ. ދިވެހި މުޖުތަމައަށް އަސަރުކުރުވާފަދަ ފިކުރީ މިމަސައްކަތުގެ ސަބަބުން ދިވެހި މުޖުތަމައަށް ކުރާ ނޭދެވޭ އަސަރު ފެންނާނީ ‘ލޯހުޅުވައިގެން’ ބެލި މީހަކަށެވެ. އޮލިމްޕަހަށް ގޮސް ކަރުނަތަކެއް ބޭލުމުން އެނިމުނީއެއް ނޫނެވެ. އެފަދަ ފިލްމުތަކުގައި ހުންނަ ‘ފެޝަންތައް’ ދިވެހިމުޖުތަމައަށް ދޫކޮށްލަނީ އުންޑައެއްފަދަ ގޮތަކަށެވެ. އޭގެ ޝިކާރައަކަށް އެންމެން ނުވިޔަސް ބައެއް މީހުން ވަރަށް ފަސޭހައިން ވާ ވައްދާލައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!

ތިޔަބޭފުޅާގެ ނަން ޖައްސަވާ!

މުހިންމު!

ރަނގަޅު އީމެއިލް އެޑްރެސް އެއް ޖައްސަވާ!

އިތުރު އެހެން ފަރާތަކާ ހިއްސާއެއް ނުކުރެވޭނެ!

ޚިޔާލު ފާޅުކުރައްވާ!

Sandhaanu Online © 2013 All Rights Reserved

P.O Box 20315 , M. Banaares, Izzudheen Magu, Male\\\' | Tel: (960) 3343655 | Fax: (960) 3006747 | Email: editor@sandhaanu.com

Designed by Shafyu Ihsan

Powered by Sandhaanu Team