Sandhaanu Online

ޓީޗާސް އެސޯސިއޭޝަނުން ކުމުންދޫ ޓީޗަރަށް ހަމަލަދިން މައްސަލަ ކުށްވެރިކޮށްފި
ޓީޗާސް އެސޯސިއޭޝަނުން މިދިޔަ އަންގާރަ ދުވަހު ހދ. ކުމުންދޫ ސްކޫލްގައި ފިޒިކްސް ކިޔަވައިދޭ އިންޑިއާ ޓީޗަރަކު ދަރިވަރަކު ގައިގައި ޖެހި ކަމަށް ބުނެ ބެލެނިވެރިންތަކެއް ނުކުމެ ޓީޗަރަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލަ ކުށްވެރިކޮށްފި އެވެ.

ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބުދުލްހަކީމް ސޮއި ކުރައްވާ އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓީޗަރުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްދެވޭނީ ޓީޗަރުން މަސައްކަތް ކުރާ ވެއްޓަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އަމާން ރައްކާތެރި ތަނަކަށް ވެގެން ކަމަށް ވެސް ޓީޗާރސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދިމިނޫސްބަޔާނުގައި ބުނެފައިވާ ގޮތުން ފަހަކަށް އައިސް ޓީޗަރުންނަށް ނަފްސާނީ ގޮތުންނާއި ބިރު ދެއްކުމުގެ އިތުރަށް ރަހުމް ކުޑަ ޖިސްމާނީ އަނިޔާތައް ދެމުންދާ ކަމަށާއި އަދި މިކަމާ ކަންބޮޑުވުން ފާޅުކޮށްފަ ވެއެވެ.

ބެލެނިވެރިންނަކީ ދަރިވަރުންނަށް ނަމޫނާ ދައްކަން ޖެހޭ ބަޔަކަށްވީ ހިނދު،މިފަދަ އަމަލު ތަށް ހިންގުމަކީ އެކުދިން ނަށް މިކަންކަމުން ނޭދެވޭ މެސެޖް ތަކެއްލިބިގެން ދާނެ ކަންތައްތަކެއްކަމުގައެވެ. އަދި މިފަދަ ކަންކަމަކީ  ބެލެނިވެރިން ވިސްނާލުން ވަރަށް މުހިންމު ކަންކަން ކަމުގައި ވެސް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކުރިއަށް ތިން ދުވަހު ވެސް ވިއްސާރަ ވާނެ: މެޓް އޮފީސް
ބޯކޮށް ވާރޭ ވެހެމުންދާއިރު މާލޭގެ މަގެއްގެމައިން ބަޔަކު ހިގާފަދަނީ: ކުރިއަށް އޮތް ތިންދުވަހުވެސް މޫސުމް ގޯސްވާނެކަމަށް މެޓްން ބުނޭ

ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރިއަށް އޮތް ތިންދުވަހު ވެސް މެދު ރާއްޖެ ތެރޭގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓުން މިއަދު ބުނެފި އެވެ.

މެޓުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް ތިން ދުވަހުގައި އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އުތުރުގެ އަތޮޅުތަކަށެވެ.

ނަމަވެސް އެންމެ ވައިގަދަ ވާނީ މެދު ރާއްޖެ ތެރެއަށް ކަމަށް މެޓުން ލަފާކުރެ އެވެ.

މެދު ރާއްޖެ ތެރެއަށް 15-25 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް އުތުރާއި ދެކުނުގެ އަތޮޅު ތަކަށް އާއްމު ގޮތެއްގައި ވައި ޖެހޭނީ ހަތް މޭލާއި 17 މޭލާ ދެމެދުގައި ކަމަށް މެޓުގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާއިރު ބައެއް ރަށްތަކުގައި ފެން ބޮޑުވެ، ދަނޑުބިންތައް ހަލާކުވި އެވެ.

އަދި މިދުވަސްވަރު ކަނޑު ގަދަވާނެތީ ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް މެޓާއި ފުލުހުންނާއި އަދި ސިފައިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންތިހާބު ކާމިޔާބު ކުރާ ފަރާތަކަށް ފުލުހުންގެ 100 ޕަސެންޓް އެހީތެރިކަން ދޭނަން: ރިޔާޒް
ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް: ރިޔާސީ އިންތިޚާބަށް ފުލުހުން ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވި

މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާ ފަރާތަކަށް ގައުމު ހިންގަން ފުލުހުންގެ 100 ޕަސެންޓް އެހީތެރިކަން ދޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް މެދުވެރިކޮށް ރިޔާޒް ވިދާޅުވީ އިންތިހާބު މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް ކަމޭބެހޭ ފަރާތްތަކަށް ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ފުލުހުން ދޭނެ ކަމަށެވެ.

“ގައުމުގެ ހަމަޖެހުން ގެއްލޭނެ އެއްވެސް ފުރުސަތެއް ނުދިނުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،” ރިޔާޒު ވިދާޅުވި އެވެ.

ކެމްޕޭނުގެ ތެރޭގައި އެއްވެސް ޕާޓީއަކުން އަނެއް ޕާޓީއަށް ހުރަސްއަޅައި ނުވަތަ ހުރަސް އެޅުމަށް ގޮވާނުލުމަށް އިލްތިމާސްކުރައްވަމުން ރިޔާޒް ވިދާޅުވީ ކެމްޕޭން ހުއްޓުވައި ނުވަތަ އެކަމަށް ހުރަސް އެޅުމަށް ކުރާ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ފުލުހުން ހުއްޓުވާނެ ކަމަށެވެ.

“ފުލުހުން މިތިބީ ވަރަށް ތައްޔާރަށް. އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ އޮޕަރޭޝަނަލް ސޭފްޓީ އިކުއިޕްމަންޓްސްއާ އެއްޗެހި މިވަނީ ލިބިފައި. އިންތިހާބަށް ތައްޔާރުވުމަށް އަޅުގަނޑުމެން ބޭނުންވާ ހުރިހާ ގިއާސް (އާލާތްތައް) ވެސް އެބަހުރި.”

ރިޔާޒު އިތުރަށް ވިދާޅުވީ އެއް ބަޔަކު އަނެއް ބައެއްގެ ކެމްޕޭނަށް ހުރަސް އަޅައި އުނދަގޫކުރުމުގެ ހަރަކާތްތަކެއް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ.

އިންތިހާބުގެ ކެމްޕޭނު ކުރިއަށް ގެންދިއުމަށް ހުރިހާ ކެންޑިޑޭޓުންނަށް ވެސް ރަށްރަށަށް އަރައި ޖަލްސާތައް ބޭއްވޭން ޖެހޭނެ ކަމަށާއި، އަދި އެފަދަ ހަރަކާތް ތައް ހިނގާ އިރު ގާނޫނާއި ގަވާއިދާއި ހިލާފަށް ކަންކަން ކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް، އަތޮޅުތަކުގައި މިހާރު ތިބި ފުލުހުންނަށް މާލެ އަށް ގުޅައިގެން ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް ގާނޫނުގައި ބާރު ދީފައިވާ ކަމަށާއި ފުލުހުން އަމަލުކުރަން ޖެހޭނީ އާއްމުންނަށް ރައްކާތެރިކަމާއި އޯގާތެރިކަމާ އެކުގައި ކަމަށެވެ.

އިލެކްޝަން ސެކުއިރިޓީ އަކީ ފުލުހުންނަށް މި އަހަރު ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާނެ އެއް މަސައްކަތް ކަމަށާއި، އިންތިހާބުގެ ކަންކަން އަމާން ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންގެ ފަރާތުން ކުރަން ޖެހޭ ކަންކަން މިހާރު ފަށާފައިވާ ކަމަށާއި، އެގޮތުން 300 އެއްހާ ފުލުހުންނަށް މިހާރު ވަނީ އޮޕަރޭޝަނަލް ސޭފްޓީ ޓެކްޓިކްސް ޓްރޭނިން ދީފައި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

“އަދި ހަމައެއާއެކު އިލެކްޝަންސްގައި ފުލުހުންގެ ދައުރަކީ ކޮބައިކަން ކިޔަވައިދިނުމަށް މިހާރު ވަނީ ޓްރޭނާސް އުފައްދާފައި. އެ މީހުން ގޮސް އަތޮޅުތަކުގައި ތަމްރީނުތައް ދޭނެ. ރާއްޖޭގައި އެބަ އޮވޭ އެއްވެ އުޅުމާ ބެހޭ ގާނޫނެއް. އާއްމު އިޖުތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނެއް އެބައޮތް، މި ދެ ގާނޫނު އެންފޯސްކުރަން ޖެހޭނެ ފުލުހުން، އެހެންވީމަ ފުލުހުން އެ ދެ ގާނޫނަށް އަހުލުވެރިކުރުމުގެ މަސައްކަތް ވެސް އެބަކުރޭ.” ރިޔާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ޕާޓީތަކަކުން ފުލުހުންނާ އެކު މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓްތަކެއް ކަނޑައަޅައިދިނުމަށް މިހާރު ވަނީ އެދިފައި ކަމަށާއި، ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ ފުލުހުންނާ އެކު ސިޔާސީ ޕާޓީތަކުން އަންނަ ހަފްތާގައި ބައްދަލުވެއް ބާއްވަން ހަމަޖެހިފައިވާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަށް ރާޖެއިން ގޮވާލައިފި
ސޫރިޔާގައި އެގައުމުގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ސޫރިޔާގެ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލޭ ގޮތަށް އެގައުމުގައި ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، އެ ހަމަނުޖެހުންތައް ހުއްޓާލުމަށެވެ.

ސޫރިޔާގެ ހަލާތާ ގުޅޭ ގޮތުން އދ. ފާސްކުރި ފަސް ވަނަ ގަރާރު ރޭ ފާސްކޮށްފައިވާ އިރު އެގަރާރާ ދެކޮޅަށް 12 ގައުމަކުން އަދި ވަކިކޮޅަކަށް ވޯޓްދޭން ނުފެންނަ ކަމަށް 59 ގައުމަކުން ވޯޓް ދީފައިވެ އެވެ.

ދިވެހި ސަރުކާރުން ސޫރިޔާގައި ހަމަނުޖެހުން ހިންގަމުންދާ ދިއުން ކުށްވެރިކޮށް އދ. އިން ރޭ ފާސްކުރި ގަރާރު ކޯ ސްޕޮންސާކޮށް އެގަރާރާ އެއްކޮޅަށް  ދިވެހި ސަރުކާރުން ވަނީ ވޯޓްދީފައިވާ ކަމަށެވެ.

“ދި ސިޗުއޭޝަން އިން ސީރިއަން އަރަބް ރިޕަބްލިކް”ގެ ފާސްކުރި ގަރާރުގައި ވަނީ އާއްމު ރައްޔިތުންނާ ދެކޮޅަށް ކުރިއަށް ގެންދާ ހަމަނުޖެހުންތައް މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށް އަމުރު ކޮށްފައެވެ.

ސޫރިޔާގެ ހަމަނުޖުހުންތަކުގައި މިހާތަނަށް 80،000 މީހުން މަރުވެ، 5.5 މީހުންގެ ގެދޮރު ނެތި ރެފިއުޖީންނަށް ވެފައިވެ އެވެ.

ތޫފާން “މަހެސެން”ގެ ސަބަބުން ބަންގުލަދޭޝްގެ 13 މީހުން މަރުވެއްޖެ
ބަންގުލަދޭޝްގެ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން “މަހަސެން”ގެ ސަބަބުން އެއްހާހަށް ވުރެ ގިނަ ގޭގެ ހަލާކުވެ، 13 މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ 13 މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ވެއްޓުނު ގަސްތަކުގައި ޖެހި ނުވަތަ ދަށުވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިތޫފާނުގެ ސަބަބުން ބަރުމާގެ ކަރަންޓް ކަޑައިގެން ގޮސްފައިވާއިރު ތޫފާނުގެ މިސްރާބް މިހާރު ހުރީ އިންލޭންޑާ ދިމާއަށެވެ.

ބައެއް މީޑިޔާ ތަކުން ބުނާގޮތުން ބަންގްލަދޭޝްގެ އައްސޭރި ފަށު ސަރަހައްދުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވި ބައެއް މީހުން މިހާރު އެބުރި އެމީހުންގެ ސަރަހައްދަށް  ދާކަމަށްވެއެވެ.

ގިނަ އަދަދެއްގެ ބަގުރާ ފުޅިތަކެއް އަތުލައިގެންފި
ސަފާރީއަކުން ޤަވާއިދާ ޚިލާފަށް ބާލައިގެން މާލެ އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކެއް  ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ މި ބަގުރާ ފުޅިތައް އަތުލައިގަތީ އިއްޔެ ހެނދުނު މާލޭ ހުޅަނގު ދެކުނު ފަރާތު ހާބަރުގައި އޮތް  ދޯންޏަކުން ކަމަށެވެ. .

ފުލުހުން ބުނީ އެދޯންޏަށް ގޮސް ބަލައި ފާސްކުރިކުރުމުން ފޮށިގަނޑުތަކުގައި ބަންދުކޮށްފައި ހުރި އޮރިޖިނަލް ޕެކިންގައި ހުރި 85 ބަނގުރާ ފުޅި ފެނިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ “ބްލެކް އެންޑް ވައިޓް ބްލެންޑެޑް ސްކޮޗް ވިސްކީ” ގެ 36 ފުޅިއަކާއި “ވަޓް 69 ބްލެންޑެޑް ސްކޮޗް ވިސްކީ” ގެ 48 ފުޅިއާއި “ސިމިނޮރފް” 01 ފުޅިކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންވަނީ ތިންމީހަކު ހައްޔަރުކޮށްފައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެއްސަކާއި 23 އަހަރުގެ ދިވެއްސެއްގެ އިތުރުން 22 އަހަރުގެ ބިދޭސީއެއްކަމަށްވެސް ފުލުހުން ހާމަކުރެއެވެ..

ބާ އެސޯސިއޭޝަންގެ ރައީސަކަށް ހުއްނުއްސުއޫދު
ގާނޫނީ ވަކީލުންގެ ޖަމިއްޔާ، ބާ އެސޯސިއޭޝަންގެ ރައީސަކަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހޮވައިފި އެވެ.

ޝީ ބިލްޑިންގްގައި ރޭ ބޭއްވި ބާ އެސޯސިއޭޝަންގެ ޖަލްސާގައި އެ ޖަމިއްޔާގެ ރައީސަކަށް ސުއޫދު ހޮވިވަޑައިގަތީ، ޖަލްސާގައި ބައިވެރިވެވަޑައިގަތް 40 މެމްބަރުންގެ އިއްތިފާގުންނެވެ.

ބާ އެސޯސިއޭޝަންގެ ނައިބު ރައީސަކަށް ހޮވިވަޑައިގަތީ ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ވަކީލް، އައިޝަތު ފަޒުނާ އާއި އިކޮނޮމިކް މިނިސްޓްރީގެ ކޮމްޕަނީ ރަޖިސްޓްރާ އަލީ ޝުޖާއު އެވެ.

އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނަރަލުގެ މަގާމަށް ހޮވިވަޑައިގަތީ އަނަސް އަބުދުއްސަތާރެވެ.

ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަކަށް ހޮވުވިވަޑައިގަތީ އާދަމް އާރިފެވެ.

ހަޒާންދާރަކަށް ހޮވިވަޑައިގަތީ މުހައްމަދު ޝަހުދީ އަންވަރެވެ. އޭނާގެ ޑެޕިއުޓީއަކަށް އަައިޝަތު ހަނާ އެވެ. އެކްސްކޯ މެމްބަރުންނަށް އިންތިހާބު ކުރެއްވީ ހަސަން ފަލާހާއި އާމިނަތު ރާޔާ އާއި އަބްދުﷲ ޝާޔާ އާއި ހުސައިން ސިރާޖާއި އަބްދުﷲ އަލީ އަދި މުހައްމަދު އިޔާސެވެ.

ބާ އެސޯސިއޭޝަން އިން ހާމަކުރާ ގޮތުގައި އެ އެސޯސިއޭޝަނުގެ މަގުސަދަކީ ގާނޫނީ ދާއިރާގެ ރެގިއުލޭޓްކުރުމާއި ވަކީލުން އަޚުލާގީ ގޮތުން ރަނގަޅު ބަޔަކަށް ހެދުމާއި ވަކީލުންގެ ފަންނީ، އިލްމީ ގާބިލުކަން އިތުރުކުރުމެވެ. އަދި އަލަށް އަންނަ ގާނޫނުތަކަށް ޖުޑިޝަރީ އަހްލުވެރިކުރުމަކީ ވެސް ޖަމިއްޔާގެ މަގުސަދެކެވެ.

ފްޓްބޯޅަ ކުޅުން ހުއްޓާލުމަށް ބެކަމް ނިންމައިފި
ބެކަމް އޭނާގެ އަންހެނުން ވިކްޓޯރިއާ އާއި ދަރިންނާއެކު: އޭނާވަނީ ފުޓްބޯޅަކުޅުން ހުއްޓާލާނެކަން އިއުލާންކޮށްފައި

މި ސީޒަނަށްގައި ޕީއެސްޖީއަށް ކުރިއަށް އޮތް މެޗު ކުޅެދިނުމަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ނިންމައިފި އެވެ.

ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި އެންމެ ގިނަ އާމްދަނީ ލިބޭ ކުޅުންތެރިޔާ އުމުރުން 38 އަހަރުގައި ކުޅުން ހުއްޓާލަނީ އެންމެ މަތީ ފެންވަރުގައި 20 އަހަރު ކުޅެދީފަ އެވެ.

ބެކަމްގެ ސީނިއާ ކެރިއަރު 1992 ވަނަ އަހަރު ފެށީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އޭނާ ވަނީ ތަފާތު ހަތަރު ގައުމެއްގައި ލީގު ޗެމްޕިއަންކަން ހޯދި އިނގިރޭސި ފުރަތަމަ ކުޅުންތެރިއާއަށެވެ.

އޭނާ ވަނީ ގައުމީ ޓީމަށް 115 ފަހަރު ކުޅެދީ މެންޗެސްޓާ ޔުނައިޓެޑަށް 394 ފަހަރު ކުޅެދީފަ އެވެ.

“ޕީއެސްޖީން އަހަންނަށް ދިން ފުރުސަތަށް އަހަރެން ޝުކުރު ޝުކުރުވެރިވަން. މިހާރު އަހަންނަށް ގަބޫލްކުރެވެނީ މިއީ ހުއްޓާލަންވީ ވަގުތު ކަމަށް” ބެކަމް ބުންޏެވެ.

ބެކަމް ވަނީ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އޭނާ ބުނީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ބެކަމް ދަނޑުމަތީގައި މަޝްހޫރުކަން ހޯދީ އޭނާގެ މޮޅު ހިލޭޖެހުންތަކުންނެވެ. ޔުނައިޓެޑާއެކު ބެކަމް ވަނީ

އިނގިރޭސި ލީގު ހަ ފަހަރު، އަދި 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ދެ ފަހަރު އެފްއޭ ކަޕް ހޯދައިފަ އެވެ.

ޔުނައިޓެޑް ދޫކޮށް ބެކަމް ރެއާލަށް 2003 ވަނަ އަހަރު ބަދަލުވެ، ބެކަމް ވަނީ ރެއާލާއެކު ސްޕެއިން ލީގު ހޯދައިފަ އެވެ.

އެމެރިކާގެ ގެލެކްސީ އަށް ބެކަމް ބަދަލުވީ 2007 ވަނަ އަހަރެވެ. ގެލެކްސީއާއެކު ބެކަމް އެމްއެލްއެސް ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ. އަދި އެ ކްލަބަށް ކުޅުނުއިރު އޭނާ ވަނީ ލޯނެއްގެ ގޮތުގައި މިލާނަށް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ކުންފެއްހަދަން ނިންމައިފި
ހައްޖުގެ އަޅުކަން ކުރުމަށް މީހުން ގެންދިއުމަށް “މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ކުންފުންޏެއް ހަދަން ރައީސް މުހައްމަދު ވަހީދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސަރުކާރުން އެފަދަ ކުންފުޏެއް ހަދަން ނިންމީ ހައްޖަށް ދިއުމުގެ ގަސްތުގައި ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެފައިސާއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

އަދި ރައީސް ވަހީދު އެ ކުންފުނި ހަދަން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެގޮތަށް ލަފާ ދެއްވުމާ ގުޅިގެން ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ރައީސް އޮފީހުން ބުނީ މިއީ ދައުލަތަށް ފައިދާ ހޯއްދެވުމަށްވުރެ ބޮޑަށް ޚިދްމަތެއް ފޯރުއްވައިދެއްވުމަށް އުފައްދަވާ ކުންފުންޏެއް ކަމަށެވެ.

މި ކުންފުނި ވާނީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިކުންފުނި އުފެއްދި ނަމަވެސް ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަމިއްލަ ޖަމާޢަތްތަކުން މީހުން ހައްޖަށް ގެންދިޔުމަށް ހުރަސްނޭޅޭނެ ކަމަށް އިގްތިސާދީ ކޮމިޓީން ރައީސަށް ލަފާ ދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަރަދޫން ހައްޔަރުކުރިމީހުންގެ މުއްދަތު ޖަހައިދީފި
އިއްޔެ ފުލުހުން ހައްޔަރުކުރިމީހުން ކޯޓަށް ހާޒިރުކުރި އިރު ނަގައިފައިވާ ފޮޓޯތަކެއް—ފޮޓޯ: ސޯޝަލް މީޑިޔާ

ސ. މަރަދޫގައި އިއްޔެ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މިހުންގެ ބަންދުގެ މުއްތަދު 10 ދުވަހަށް ޖަހައިފިއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ބަންދުގެ މުއްދަތު ޖަހައިފަ ވަނީ އެމީހުން ހައްޔަރުކުރިތާ 24 ގަޑި އިރުވާން ކުޑައިރުކޮޅަކަށްވެފަހުއްޓައެވެ.

ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައިގެން ހައްޔަރު ކުރި އެ އަށް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް މިއަދު ހެނދުނުން ފެށިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ އިތުރުން މަރަދޫ ކޯޓަށް ވެސް މިއަދު ފުލުހުން ހުށަހެޅިއެވެ.

މިއަށް މީހުން ކޯޓަށް ހާޒިރު ކުރިއިރު އޭގެ ތެރެއިން ބައެއް މީހުން ލައިގެން ތިބި ހެދުމުގެ ބައެއް ތަންތަން ވީދައިގެން ގޮސްފައި ހުއްޓެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން މީހެއްގެ އާއިލާ މީހަކު ބުނީ، ފުލުހުން ރޭގަ އާއި މިއަދު އެކުދިންނަށް އަނިޔާ ކޮށްފައިވާކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން “ސަންދާނުން” އުޅުނުނަމަވެސް ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.